ޚަބަރު

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިއަދު ވަރަށް ބޮޑަށް ދަށްވެއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިއަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައި ވާއިރު، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6ން މިއަދުގެ އިރުއޮއްސި 6ށް ޕޮޒިޓިވްވެފައި ވަނީ 14 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުންނާއި އިންޑިއާ މީހެކެވެ. މިއާއެކު މިވަގުތު މިބަލި ޖެހިފައިތިބި މީހުންގެ ޢަދަދު ވަނީ 543އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހުންގެ އަދަދު މިއަދު، ވަރަށް ބޮޑަށް ދަށަށް ދިޔައިރު މިހަފްތާގައި ޕޮޒިޓިވްވި މީހުންގެ އަދަދު އެވްރެޖްކޮށް ހުރީ 35ން މަތީގައެވެ. އަދި އިއްޔެއަކީ، ޖުލައި 1ގައި ފުރަބަންދުގެ ލުއިތައް ދިން ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޖުމުލަ 68 މީހުން ޕޮޒިޓިވް ވިއިރު. 47 ދިވެހިން ކޯވިޑް-19އަށް ޕޮޒިޓިވް ވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް ވީމީހުންގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ބަލިން ރަނގަޅުވެފައިވާ މީހުންގެ ޢަދަދު ވަނީ މިހާރު 2،340 އަރާފައެވެ. އަދި މިއަދު ބަލިން ރަނގަޅުވެފައި ވަނީވެސް އެންމެ މީހެކެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން 15 މީހަކުވަނީ ނިޔާވެފައެވެ.

އައިމަން

ބަލި ޖެހުނު މީހުންގެ އަދަދު ދައްވެފައިވަނީ ޓެސްޓް ކުރެވުނު މީހުންގެ އަދަދު މަދުވީމާ ނޫންތޯ ؟ ޓެސްޓް ކުރެވޭނަމަ ބަލި ޖެހިފައިވާ މީހުން ގިނައިން ފެނިގެންދާނެ، ޓެސްޓް ކުރުމަށް މީހާރު ގެންގުޅޭ އުސޫލުގެ ސަބަބުން މިބަލި ވަރަށްބޮޑަށް އިތުރު ވުމުގެ ފުރުސަތު އެބައޮތް .