ޚަބަރު

ދޯނީގައި ހުއްޓައި ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް


އދ.މަންދޫއަށް ދަތުރުކުރި ރަންތަރި ދޯނީގައި ހުއްޓައި ގެއްލުނު ޢުމުރުން 27 އަހަރުގެ ޒުވާނާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޭ ދަންވަރު ދޭ ޖަހާކަށްހާއިރު ގެއްލިގެން ރިޕޯޓުކުރި އދ މާންދޫ ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހް ހޯދުމުގެ މަސައްކަތް ހުއްޓައި ނުލައިކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އެރަށުގެ ދޯނި ފަހަރު ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާއި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގެއްލުނު އިތު އޭމާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖީންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.