ޚަބަރު

ކޯވިޑް-19 : ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު


ރާއްޖެއިން އިތުރު 68 މީހުން ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެޗްޕީއޭއިން ވިދާޅުވީ މި 68 މީހުންގެ ތެރެއިން 47 މީހުންނަކީ ދިވެހިންކަމަށެވެ. އަދި ބަންގްލަދޭޝްގެ 9 މިހަކާއި، އިންޑިއާގެ 4 މީހެއްގެ އިތުރުން ނޭޕާލް މީހަކާއި ސްރީލަންކާގެ 4 މީހެއްގެ އިތުރުން ފިލިޕީންސްގެ 3 މީހުން މިއަދު ޕޮޒިޓިވްވަފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2899އަށް އިތުރުވެރުވެފައެވެ.

ފުރަބަންދަށް ދިން ލުއިތަކަށްފަހު މިދިޔަ ހަފްތާގާއި ވަނީ ފުރަތަމަ ފަހަރަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ފަސްދޮޅަހުން މަތިވެފައެވެ. ނަމަވެސް އެދެވަހު ޕޮޒިޓިވެވަފައިވަނީ 67 މީހުންނެވެ. އެއަށްފަހު ޕޮޒިޓިވް ކޭސްތައް ކޮންމެވެސްވަރަކަށް ދަށްވުމަށްފަހު އަނެއްކާވެސް މިވަނީ ރެކޯޑްއަދަދަކަށް މީހުން ޕޮޒިޓިވެފައއެވެ. ފަހަކަށްއައިސް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
މިއަދު މި ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި މިބަލި ޖެހިގެން ފަރުވާދޭ މީހުންގެ އަދަދުވަނީ 530 މީހުންނަށް އިތުރުވެފައެވެ.

މިބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 18 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2339އެވެ. މިބަލި ޖެހުނު ދިވެއްސަކު މިއަދު ނިޔާވެފައިވާއިރު މިހާތަނަށް ރާއްޖޭގައި ބަލިޖެހިގެން މަރުވި މީހުންގެ އަދަދުވަނީ 15އަށް އިތުރުވެފައެވެ.