ޚަބަރު

ބ.އަތޮޅު ހޮސްޕިޓަލުން ކޮވިޑް-19އަށް ޓެސްޓް ހަދަން ފަށައިފި


ނ.ރ.ބ.ޅ މިއަތޮޅުތައް ހިމެނޭ ޒޯނަށް ޚާއްސަކޮށްގެން ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމުކުރި ކޯވިޑް-19އަށް ޚާއްސަ ސެންޓަރުން ޓެސްޓްކުރަން ފަށައިފިއެވެ.

ޓެސްޓްކުރަން ފެށުމުގެގޮތުން މިއަދުވަނީ، ބ.އަތޮޅުގައި ހޯމް ކަރަންޓީގައިތިބި 8 މީހެއްގެ ސާމްޕަލް ޓެސްޓް ހަދާފައެވެ. މި ހުރިހާ ނަތީޖާއެއްވެސް ވަނީ ނެގެޓިވްވެފައެވެ. ބ.އަތޮޅުން އަދި މިހާތަނަށް ކޯވިޑް-19އަށް އެއްވެސް މީހަކު ޕްޒިޓިވް ވެފައެއްނުވެއެވެ.

އެހެން ނަމަވެސް ރާއްޖެއިން ފުރަތަމަ ކޯވިޑް-19 ފެނިފައިވަނީ މި ޒޯންގައި ހިމެނޭ ޅ.އަތޮޅު ކުރެެއްދޫ ރިސޯޓުންނެވެ. މީގެ އިތުރުން ނ.އަތޮޅު ބައެއް ރައްރަށުންނާއި ރ.އަތޮޅުގެ ބައެއް ރައްތަކުން ވަނީ ކޮވިޑް-19 ފެނިފައެވެ. މި ޒޯންގައި ހިމެނޭ ރަށެއްގެ މީހަކު ޕޮޒިޓިވްވެގެން ފަރުވާން ދޭންޖެހިއްޖެނަމަ ގެންނާނީ ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ކޯވިޑް-19އަށް ފަރުވާދޭ މި މަރުކަޒަށެވެ.