ޚަބަރު

ކޯވިޑްގައި އަނެއްކާވެސް އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19ގައި އިތުރު ދިވެއްސަކު ނިޔާވެ ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 15އަށް އަރައިފިއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ނިޔާވީ ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. މިމީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 12:25 ގައެވެ.

ކޯވިޑް-19ގައި މިއަދު ނިޔާވި މީހާއާއެކު، މިހާތަނަށް ރާއްޖެއިން 9 ދިވަހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83އަހަރުގެ އަންހެނެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މިހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނެކެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވަނީ ނިސްބަތުން މަދު ބަޔަކަށެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 40 މީހުންނަށް ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19ބަލި 2081 މީހުންނަށްވަނީ ޖެހިފައެވެ. އަދި ބަލިން ރަނގަޅުވިމީހުންގެ ނިސްބަތް %82ގައި އުޅޭއިރު މިއީ އަދަދުން ބަލާނަމަ 2302 މީހުންނެވެ.

ީހ

إنا لله و إنا إليه راجعون