ދުނިޔެ

އުތުރު ކޮރެޔާއާއެކު ބޭއްވި ވާހަކަތައް ކާމިޔާބު- ދެކުނު ކޮރެޔާ


އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދުގައިވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި އެދެގައުމުގެ މަސްއޫލުވެރިން ބޭއްވި ދެދުވަހުގެ ވާހަކަތައް ކާމިޔާބު ކަމަށް ދެކުނު ކޮރެޔާއިން ބުނެފިއެވެ.ދެކުނު ކޮރެޔާގެ ޔުންހާބު ނޫސްއެޖެންސީން ބުނީ 43 ގަޑިއިރަށް ދިގުދެމިގެންދިޔަ މިވާހަކަތަކުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ކޮންމެވެސްވަރެއްގެ އިތުބާރެއް އުފެދިގެން ހިނގައްޖެ ކަމަށެވެ.މިބައްދަލުވުމުގައި ދެކުނު ކޮރެޔާއިންވަނީ އަޑުގަދަކުރާ ބޭނުންކޮށްގެން އެގައުމުގެ އަވަށްޓެރި އުތުރު ކޮރެޔާއާ ދެކޮޅަށް ފަތުރަމުން ގެންދިޔަ ޕްރޮޕަގެންޑާ ހުއްޓާލުމަށް އެއްބަސްވެފައެވެ. އަދި އުތުރުކޮރެޔާއިންވަނީ ދެކުނު ކޮރެޔާއަށް ދައްކަމުން ގެންދިޔަ އަސްކަރީ ބިރާއި ހަމަލާތައްދޭނެކަމަށްބުނެ ދެކުނު ކޮރެޔާއަށް އިންޒާރުތައް ދިނުން ހުއްޓާލުމަށް އެއްބަސްވެފައެވެ.