ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 31 މީހުން


ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ފާއިތުވި ތިންދުވަހު ސާޅީހުން މަތީގައި ހުރުމަށްފަހު މިއަދު އެ ޢަދަދު ދަށްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ 31 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހިންގެ 22 މީހަކާއި، ބަންގްލަދޭޝްގެ 8 މީހަކާއި އިންޑިއާގެ އެކެކެވެ. މިއާއެކު ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 2762 އަށް އިތުރުވެފައެވެ.

ފާއިތުވި 5 ދުވަހުގެ ދިވެހިންނަށް ބަލިޖެހުނުގޮތުގެ ތަފާސްހިސާބު:

  • 8 ޖުލައި 11 ދިވެހިން
  • 9 ޖުލައި 33 ދިވެހިން
  • 10 ޖުލައި 44 ދިވެހިން
  • 11 ޖުލައި 43 ދިވެހިން
  • 12 ޖުލައި 52 ދިވެހިން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިބަލިން ރާއްޖޭގައި ރަނގަޅުވެފައިވަނީ 6 މީހުންނެވެ. އެހެންކަމުން މިހާރު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 2290އެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19އަށް ފަރުވާ ދެމުން އަންނަނީ 444 މީހަކަށެވެ.

ބައްޔަށް ޓެސްޓްކުރުމަށް މިހާތަނަށް 62767 ސާމްޕަލެއް ނަގާފައިވެއެވެ. ކަރަންޓީނުގައި ތިބީ 70 މީހުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީގައި ތިބީ 782 މީހުނެވެ. ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާގުޅިގެން ޢާންމުންގެ ތެރޭގައި ބަލި އުޅޭ މިންވަރު އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ސިއްޙީ ތަޖުރިބާކާރުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ.