ޚަބަރު

މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވަކިކޮށްފި


މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް މުޙައްމަދު އާރިފް އެމްޑީ ޔޫސުފު މަޤާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ.

މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް މަޤާމުން ވަކިކުރުމަށް ނަގާފައިވަނީ އިތުބާރުނެތްކަމުގެ ވޯޓެއް ނޫނެވެ. އޭނާ ވަކިކުރަން ފާސްވީ އެންމެ ދެ ވޯޓުގެ ތަގާތުންނެވެ. އެގޮތުން، އޭނާ ވަކިކުރެއްވުމަށް މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ހުށަހެޅުއްވި ހުށަހެޅުމަށް ތާޢީދުކުރީ ޤާނޫނުހަދާ މަޖިލީހުގެ 111 މެންބަރުންނެވެ. އަދި ދެކޮޅަށް ވޯޓު ދިނީ 109 މެންބަރުންނެވެ. ވަރަށް ކުޑަ ފަރަޤަކުން ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް މަޤާމުން ވަކިކުރުމަށް ފާސްވުމުން ޤައުމުގެ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރުގެ އެހެނިހެން ނިންމުންތައް ނިންމުމުގައި ޤާނޫނުހަދާ މަޖިލީހުގެ އެއްބާރުލުން ބޮޑުވަޒީރު މުޙްޔިއްދީނަށް ލިބޭނެ މިންވަރާމެދުވަނީ ސުވާލު އުފެދިފައެވެ.

މިދިޔަ މާރިޗު މަހު ބޮޑުވަޒީރުގެ މަޤާމުން މަހާތިރު މުޙައްމަދު ކުއްލި ގޮތަކަށް އިސްތިޢުފާ ދެއްވުމުން އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ މުޙްޔިއްދީނެވެ، އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކާ ގުޅިގެން ބާރު ބަޣާވާތެއް ކުރެއްވުމުގެ ތުހުމަތު އޭނާއަށްވަނީ އަމާޒުފައެވެ. މަހާތީރުގެ އިތުރުން އިދިކޮޅު ސިޔާސީވެރިޔާ އަންވަރު އިބްރާހީމުވަނީ މުޙްޔިއްދީން މަޤާމުން ދުރުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މި އަހަރުގެ ފަހުކޮޅު ބާއްވާ އަވަސް އިންތިޚާބަށް ތައްޔާރުވަމުންދާ މުޙްޔިއްދީނާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ކުރީގެ މަހާތީރުދަނީ މަސައްކަތް ކުރައްވަމުންނެވެ.