ޚަބަރު

ބިދޭސީންތަކެއް ހިނގިހަމަނުޖެހުމެއްގައި އަނެއްކާވެސް ފުލުހުންނަށް އަނިޔާވެއްޖެ


މުސާރަ ނުލިބިގެން ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމެއްގައި ބައއް ފުލުހުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މުސާރަ ނުލިބޭކަމަށް ބުނެ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސިންތަކެއް ހުޅުމާލޭގައި މުޒާހަރާކުރަމުން ގެންދާކަމަށެވެ. އަދި މި މުޒާހަރާގައި ހަމަނުޖެހުން ހިނގާ އެކަން ކޮންޓްރޯލްކުރުމަށް ދިޔަ ބައެއް ފުލުހުންނަށް އަނިޔާވެފައިވާކަމަށެވެ. އަދި ފުލުހުންގެ ބައެއް ވެހިކަލްތަކަށް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ބިދޭސީން ޑިމާންޑް ކުރަމުންދަނީ އެމީހުން މުސާރަ ނުދެންޏާ އަނބުރާ ރަށަށް ފޮނުވާލަދިނުމަށެވެ.

މި ހަމަނުޖެހުން މިހާރު ކޮންޓްރޯލްކޮށްފައިވާކަމަށާއި މުޒާހަރާ ކުރަމުންދިޔަ ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓް ޕްރައިވެޓްލިމިޓެޑްގެ ލޭބަރ ކުއަރޓަރގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ މި ބިދޭސީންނަށް ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަމުން ގެންދާ މީހުންނެވެ. މި މީހުންނަށް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެ މީހުން މީގެކުރިންވެސް ބުނެފައިވެއެވެ. އަދި މީގެކުރިންވެސް މި މިީހުންވަނި ހުޅުމާލޭގައި މުޒާހަރާކޮށްފައެވެ. އެ ފަހަރުގެ މުޒާހަރާ އެމީހުންނަށް ހުއްޓަލީ މިމަހުގެ 10 ވަނދުވަހުގެ ކުރިން މުސާރަދޭން ކުންފުނިން އެއްބަސްވެ އެކަން އެންގުމުންނެވެ.