ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު އިތުރުވަނީ މިއަދު އެކަނިވެސް 52


ރާއްޖެއިން އިތުރު 67 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު ދިވެހިންގެ އަދަދު 1082 އަށް އިތުރުވެއްޖެއެވެ.

އެޗްޕީއެން ހާމަކުރެއްވި ވޭތިވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި 52 ދިވެހިން ހިމެނެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 14 މީހާކާއި، އިންޑިއާ މީހަކުވެސް ވަނީ މިއަދު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުމިވަނީ 2,731 އިތުރުވެފައެވެ.

މިދިޔަ ދުވަސްތަކަށް ބަލާއިރު ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ތަފާސްހިސާބުތަކަށް އެނގެއެވެ. އެގޮތުން ވޭތުވެދިޔަ 5 ދުވަހު ދިވެހިން ޕޮޒިޓިވްވި ޢަދަދުތަކަށް ބަލާއިރު:

  • 8 ޖުލައި 11 ދިވެހިން
  • 9 ޖުލައި 33 ދިވެހިން
  • 10 ޖުލައި 44 ދިވެހިން
  • 11 ޖުލައި 43 ދިވެހިން
  • 12 ޖުލައި 52 ދިވެހިން

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ޕޮޒިޓިވްވި މީހުންނާއެކު 419 މީހުންނަށް މިހާރުދަނީ ފަރުވާދެމުންނެވެ. އަދި އައިސޮލޭޝަންގައި353 މީހުން އެބަތިއްބެވެ.

މިބަލިން 16 މީހުން މިއަދު ރަނގަޅުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2284 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް19ގެ ކޭސްތައް އަނެއްކާވެސް މާލެ ސަރަހައްދުގައި އިތުރުވާންފަށާފައިވާއިރު ބަލި ހުރިތޯ ޓެސްޓުކުރުމަށް މިހާތަނަށް 61819 ސާމްޕަލް ވަނީ ނަގާފައެވެ.