ކުޅިވަރު

ޓީ ޓްވެންޓީ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއަން ބްލޫސް ހޯދައިފި


އެސްޓީއޯ ޓީ ޓްވެންޓީ ކްރިކެޓް ބްލާސްޓްގެ ޗެމްޕިއަންކަން އިންޑިއަން ބްލޫސް ހޯދައިފިއެވެ.މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ފައިނަލް މާލޭ ސްޕޯޓްސް ކްލަބާ ވާދަކޮށް، އިންޑިއަން ބްލޫސް ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ. ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ޤަސްތުކުރީ ކުޅުމަށެވެ. މާލޭ ސްޕޯޓްސް ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 129ލަނޑެވެ. މާލޭ ސްޕޯޓްސް ކްލަބުން އެންމެ ރަނގަޅަށް ކުޅުނީ ސައްބީސް ލަނޑު ހެދި ނީޝާމެވެ. ޖަވާބުގައި އިންޑިއަން ބްލޫސް ކުޅެން އަރާ 133 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. އިންޑިއަން ބްލޫސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 8 އޯވަރަށް 84 ލަނޑު ހެދި ޓޮބީ ތޯމަސްއެވެ. މި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކީ ސީބީއެލްގެ އިންދިކާއެވެ. އެންމެ މޮޅު ފީލްޑް ޕްލޭޔަރއަކީ މާލޭ ސްޕޯޓްސް ކްލަބްގެ ހަސަން ހާޒިޤް ރަޝީދެވެ. އެންމެ މޮޅު އުކުންތެރިއަކީ މާލޭ ސްޕޯޓްސް ކްލަބްގެ މުޙައްމަދު މަހްފޫޒެވެ. އެންމެ މޮޅު ވިކެޓް ކީޕަރަކީ އިންޑިއަން ބްލޫސްގެ އަމާނަތު އަޝޯކަންއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ މާލޭ ސްޕޯޓްސް ކްލަބްގެ މުޙައްމަދު ޝާފީ ސައީދެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އިންޑިއަން ބްލޫސްގެ ޝީޝަންއަށެވެ. ޓީ ޓްވެންޓީގެ މިފަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމް ވާދަކުރިއެވެ.