ވިޔަފާރި

ސްޓާފެއް ޕޮޒިޓިވުމުން އެޗްޕީއޭގެ އުސޫލުތަކަށް ދަނީ އަމަލުކުރަމުން- ބީއެމްއެލް


ސީޓްރެކްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ބީއެމްއެލްއިން ބުނީ މިވަގުތު ބޭންކުން ދަނީ އެޗްޕީއޭ އާ ގުޅިގެން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންކަމަށެވެ. އަދި އެއިމާރާތުގެ އާންމު ތަންތަން ޑީޕް ކްލީންކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މިކަމުގައި އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި ބަދަލުވަމުންދާ ހާލަތު ގާތުންބަލައި، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތުގެ މަތީން ބޭންކުން އަމަލުކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މާރޗު މަހުން ފެށިގެން ބޭންކު ހިންގަމުން ދަނީ ބިޒްނަސް ކޮންޓިއުނިޓީ ޕްލޭން އާ އެއްގޮތްވާ ގޮތުގެ މަތީން، މުވައްޒަފުން ޓީމްތަކަކަށް ބަހާލައިގެން ރައްކާތެރިކަމުގެ އެންމެހާ ފިޔަވާޅުތައް އަޅައިގެންކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މީގެއިތުރުން ބޭންކުގެ އެންމެހާ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ހިންގަމުންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.