ޚަބަރު

އަނިޔާ ލިބުނު މީހުންގެ އަޑު އެއްސެވީ ސީދާ ރައީސް، ވަގުތުން ފިޔަވަޅު އެޅުއްވި


ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި މެދު ތުހުމަތުކުރެވޭ ޖިންސީ އަނިޔާގެ ޝިކާރައަކަށްވީ މުވައްޒަފުންނާ ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި އެމީހުންގެ އަޑު އައްސެވިކަމަށް ވަަނީ މައުލޫމާތު ލިބިފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަނިޔާ ލިބުނު މީހުންގެ އަޑު އެމަނިކުފާނު ކަނުލައި އަޑުއެއްސިއެވެ. އަދި ވާހަކަތަކާ ގުޅިގެން އެމަނިކުފާނަށް ވަރަށްބޮޑަށް އަސަރުކޮށް، އެކަމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް މިނިސްޓަރ ޢަލީ ވަޙީދު އެކި ފަހަރުމަތިން ޖިންސީ ފުރައްސާރަކޮށްފައިވެއެވެ. ބައެއް މީހުންނަށް މި އަނިޔާ ލިބެމުން އަންނަތާ އެތައް ދުވަހެއްވަނީ ވެފައެވެ. މިކަން އެންމެ ބޮޑުވެގެން ދިޔައީ ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދުގައި އޮތް ދުވަސްވަރުކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.

މީގެއިތުރުން އެމިނިސްޓްރީގެ މުވައްޒަފުންނާއެކު ރިސޯޓްތަކަށް މިނިސްޓަރ ކުރެއްވި އެކި ދަތުރުތަކުގައިވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށާ، އެއް މުވައްޒަފަކަށް މިނިސްޓަރ ޖިންސީ އަނިޔާކުރަން އުޅުމުން އެކަމުން ސލާމަތް ވުމަށް ވޯޓާ ވިލާއިން މޫދަށް ފުންމާލިކަމަށްވެސް ބައެއް މީހުންނާ ޙަވާލާދީ އެއޮފިޝަލު ވިދާޅުވިއެވެ. އަދި ފޯނުކޮށްގެންނާއި މެސެޖުން މިނިސްޓްރީގެ އެތައް އަންހެން މުވައްޒަފުންނަށް މިނިސްޓަރ ޖިންސީގޮތުން ފުރައްސާރަކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ ފަރާތުން ޖިންސީ އަނިޔާގެ ޝިކާރައަކަށްވި މުވައްޒަފުން ހިމެނޭހެން އެމިނިސްޓްރީގެ ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި މި ވާހަކަތައް ތަފްސީލުކޮށް އެމަނިކުފާނަށް ދަންނަވާފައެވެ. އަދި ޖެންޑަރ މިނިސްޓަރާއިވެސް އެމީހުންވަނީ މިވާހަކަތައް ހިއްސާކޮށްފައެވެ. މި ވާހަކަތައް އައްސަވާފައި ރައީސް ވަރަށްބޮޑަށް ހިތާމަކުރެއްވިކަމަށާ، ބޭއިޚުތިޔާރުގައި ކީރިތި ކުރެއްވުނުކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައިވާތީ މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަލީ ވަޙީދަށް އަންގަވާފައިވަނީ މިކަން ވަރަށްބޮޑަށް ބެއްލެވުމަށްފަހުއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭއިރު މީގެ ކުރިން ދައުލަތުގެ ވަޒީރަކާއި ގުޅޭގޮތުންވެސް ބަދުއަޚްލާޤީ ވާހަކަތަކެއް ދައްކާފައިވާ އޯޑިއޯތަކެއްވެސް ލީކުވެފައިވެއެވެ.

ފާތުން

ބައްލަވާ ހަމަ ރައީސްގެ ބޯފުޅަށް ސަވާރުވީ ތިޔަ ބަޔަކު އާޚިރުގަ ތިޔަކަމެއްވެފަވާނީ ދެފަރާތް ރުހިގެން