ޚަބަރު

ޢަލީ ވަޙީދުގެ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުން


ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން ބަލަމުންދަނީ ސީދާ މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލަކަން ހާމަ ނުކުރެއްވިޔަސް އެއީ އެމައްސަލަކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިސްތިއުފާދެއްވުމަށް ރައިސުލްޖުމްހޫރިއްޔާވަނީ މިރޭ އަންގަވާފައެވެ.

ފުލުހުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، އެމައްސަަލަ މިހާރު ތަޙްޤީގުކުރަމުންދާކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި މައްސަލަތަކާގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުތުރުން ޖެންޑަރ މިނިސްޓްރީއަށްވެސް ވަނީ ހުހަޅާފައެވެ. މިމައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީން އަދި ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދާ ގުޅޭ މިބާވަތުގެ މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީޑިއާއަށް ފެންމަތިވެފައެވެ.