މަޤާމުން އިސްތިއުފާދެއްވަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ އަޚްލާޤީ މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މިރޭ މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން އިތިއުފާދެއްވަން ރައީސުލް ޖުމްހޫރިއްޔާ އެންގެވިކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އަދި އެއީ ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ އަޚްލާޤީ މައްސަލައެއްކަންވެސް އެއޮފީހުންވަނީ ހާމަކުރައްވާފައެވެ. އަދި މިމައްސަލަ ޓުއަރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް ޖާވާބުދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާޤީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ އެކަން މިވަގުތު ބަލަމުންދާކަމަށެވެ. އިތުރު ތަފްސީލެއް އެމިނިސްޓްރީއަކުން ހާމައެއް ނުކުރައްވައެވެ.