ތަޢުލީމު

ކެންގަރޫ ކިޑްސްގެ އާރޓް އެގްޒެބިޝަން މިއަދު ހުޅުވައިފި


ކެންގަރޫ
ކިޑްސްއިން އަހަރު އެއް ފަހަރު ބާއްވަމުން އަންނަ އާރޓް އެގްޒެބިޝަން މިއަދު
ހުޅުވައިފިއެވެ.



ނޭޝަނަލް އާރޓް
ގެލަރީގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި އެގްޒެބިޝަން
ހުޅުއްވައިދެއްވީ އެމް،އައި ކޮލެޖްގެ ރެކްޓަރ އަދި ތައުލީމީ ދާއިރާއަށް ގިނަ
ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. އާމާލް އަލީއެވެ.



މި އާރޓް
އެގްޒެބިޝަން ހުޅުވުވައިދެއްވުމަށްފަހު ދެއްކެވިވާހަކަފުޅުގައި ޑރ. އާމާލް އަލީ ވަނީ
ކުދިންނާއި ދިވެހި ބަހުން މުޙާތަބު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ.
އަދި އާއިލާގެ މީހުން ކޮންމެ ދުވަހަކު ކުއްޖާއަށް ފޮތަކުން އެއްޗެއް ކިޔާދިނުމަކީ
ކުއްޖާގެ ކުރިމަގަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާ ކަމެއްކަން
ދިރާސާތަކުން ދައްކާކަމަށްވެސް އާމާލް ވިދާޅުވިއެވެ.

"ދިރާސާތަކުން ދައްކާގޮތުން އެބަޔަކު އެބައެއްގެ އަމިއްލަ ބަހުން ކިޔަވާ ދެންޔާ އެކުއްޖާއަށް ކިޔަވާދެވޭ އެއްޗެއްގެ ފުންމާނަ ދޭހަަވެ، ސިކުޑި ފުޅާ ވުމަށް އެންމެ ރަގަޅު ފުރުސަތު ދެވިގެންދާނެ" އަދި " ކޮންމެ ދުވަހަކު ފަނަރަ މިނެޓަށް ކުއްޖާއަށް އާއިލާގެ މީހަކު ފޮތަކުން އެއްޗެއް ކިޔަވާ ދޭ ނަމަ އެ ކުއްޖާ މާސްޓަރސް ޑިގްރީއާއި ހަމައަށް ދާނެ ކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ދައްކާ" އާމާލް ވިދާޅުވިއެވެ.



މި އާރޓް
އެގްޒެބިޝަންގައި އެ ސްކޫލްގެ ދަރިވަރުންނާއި އެ ސްކޫލްގެ ޓީޗަރުންގެ އިތުރުން
ބެލެނިވެރިންގެ ހުނަރުތައް ދައްކުވައިދޭ ކުރެހުންތަކާއި ތަކެތި ހިމެނެއެވެ.