ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 900އިން މައްޗަށް އަރައިފި


ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 900އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ހާމަކުރެއްވި ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކުގައި 16 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު، މީގެތެރޭގައި 11 ދިވެހިން ހިމެނެއެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިވަނީ 910އަށް އިތުރުވެފައެވެ. ރާއްޖެއިން ކޯވިޑް-19އަށް މިހާތަނަށް 1607 ބިދޭސީން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އެއީ 1293 މީހުންނެވެ.

މިއަދު 16 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 22 މީހުން ބަލިން ރަނގަަޅުވެ މިބަލީން ޝިފާލިބުނު މީހުންގެ އަދަދުމިވަނީ 2180 އަށް އިތުރުވެފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް 123 ދުވަސްވެފައިވާއެރު، މިއަދުވެސް މިބަލީގައި ރާއްޖެއިންވަނީ މީހަކު ނިޔާވެފައެވެ.

70 އަހަރުގެ ދިވެހި އަންހެނަކު މަރުވުމާއެކު ރާއްޖެއިން ކޯވިޑް-19ގައި މަރުވު މީހުންގެ އަދަުވަނީ 13އަށް އަރާފައެވެ. މިބަލީގައި މިހާރު 319 މީހުންނަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައިތިބީ 267 މީހުންނެވެ. ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް 58583 ސާމްޕަލްވަނީ ނަގާފައެވެ.