ޚަބަރު

ފުލިދޫ ގިރައި، ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަ ހައްލުކުރުމަށް މަޖިލީހަށް ޤަރާރެއް


ވ.ފުލިދޫ ގިރަައި ރަށުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ގުޅިގެން އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެދާއިރާގެ މެމްބަރު އިބްރާހީމް ފަޟުލް ރަޝީދު މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި ޤަރާރު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާއި ޚިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އިޤްތިޞާދީ ގެއްލުންތަކާއި، ނޭދޭވެ އަސަރުތައް ކުރަމުންދާކަމަށެވެ.

ފަޟުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާއި ޚިލާޔަށް ގިރަމުން ދިއުމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ފުލިދޫ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވެފައިވާކަމަށެވެ.

"ފުލިދޫ މިސްކިތް ހުންނަ ސަރަހައްދު ގިރައިގެންގޮސް، މިސްކިތައް ގެއްލުވުމުގެ ފުރުސަތު ބޮޑު. ބޯޅަދަނޑު ވަށާފާރާއި ހަމަޔަށް ގިރައި ފަތުރުވެރިންގެ ބީޗް ވަނީ ގިރައިންގެން ގޮސްފަ. މިކަމުގެ ސަބަބުން ރަށުގައި ތިބެ ފަރުވެރިކަމުގެ ވިޔަފާރިކުރާ ގެސްޓް ހައުސްތަކަށް ނޭދެވޭ އަސަރުދަނީ ކުރިމަތިވަމުން. ރަށުގެ ފާލަމުގެ ބުޑުތައް ޖަހާފައިވާ ގޮތުން އެފާލަން ބޭނުންނުކުރެވޭ. އަލަށް ހެދި ފާލަންވެސް އަރިއަޅާލައި، ރައްޔިތުންނާއި ފަތުރުވެރިންނަށް ވަނީ ބިރުވެރިކަން ކުރިމަތިވެފަ" ފަޟުލްގެ ޤަރާރުގައި ވިދާޅުވިއެވެ.

ފުލިދޫ ރަށްގިރައި ރަށުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރަށާއި، ކަމާއި ގުޅުންހުރި އިދާރާތަކަށް ފަޟުލްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.