ޚަބަރު

ބޯޓެއް އަޑިޔަށްގޮސް ކަނޑުވި 5 މީހުން ސަލާމަތްކޮށްފި


މާލެއިން ފުރައިގެން ހއ ދޮނަކުޅިއަށް ދަތުރުކުރި "ފަތޮޅު" ބޯޓް އިންޖީނު ހުއްޓި ކ ކާށީދޫކަނޑުތެރެއަށް އަޑިޔަށް ގޮސް އެބޯޓުން ދަތުރުކުރި 5 މީހުން ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފިއެވެ.

އަޑިޔަށްދިޔަ މިބޯޓުގައި ތިބީ 4 ދިވެހިންނާއ 1 ބިދޭސީއަކު ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެބޯޓު އަޑިޔަށްގޮސްފައި ވަނީ، ކ.ކާށިދޫގެ އުތުރުން 9 މޭލު ބޭރުގެ ސަރަހައްދަކަށް ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ނެންދުރު 12:29ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ބޯޓް އަޑިޔަށްދިޔަކަމަށް ރިޕޯޓް ލިބިފައިވަނީ އިންޖިންހުއްޓިގެން ބޯޓު އެއްފަރާތަކަށް އަރިއަޅާލައިގެންކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ބޯޓުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެ 5 މީހުން ހޯދައި، މިހާރު ވަނީ ކޯސްޓްގާޑުގެ ލޯންޗަކަށް ނަގާފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކަނޑުވި އެމީހުންގެ ހާލު ރަނގަޅު ކަމަށާއި އެމީޙުން މާފިލާފުއްޓަށް ގެންދިޔުމަށް ދަތުރު ކުރަމުންދާކަމަށެވެ.