ޚަބަރު

ކުޑަކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނި ކުރިމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި


ކޯޓުން ބޭރުގައި 17 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް އެ ކުއްޖާ ބަލިވެ އިން މައްސަލާގައި ހައްޔަރުކުރި މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

17 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭފްކޮށްފައިވާ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ޝޭޑޯޒް އުމުރުން 23 އަހަރުގެ އަހުމަދު ޢައްޠަފްއެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަދުވަހުއެވެ.

މި މީހާ ޝަރީއަތް ނިމްދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައިވަނީ މ. މުލީ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ އިތުރުން ކުޑަކުދިން އެބިއުސް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.

ރޯޔަލް ރޭޕް

މިހާރު ރޯޔަލް ރޭޕް ގެ ކަންތައް އޮބުނީތަ.

އަޒްރާ

ޢިސްލާމް ދީނުގަ ކުދަ ކިދިން ބަޑު ބޮޑުވާ ވަހަކައެއް ނޯވޭ ޤްރްއާނުގަވެސް ކުޑަކުދިން ބަނޑު ބޮޑުވާ ވާހަކއެއް ނޯވޭ އިސްލާމީ ހަމަ ތަކުގެ މަތިން ބަނޑު ބޮޑުވުމަކީ މައްސަލައެއް ނޫން