ކުޅިވަރު

ޗެމްޕިއަންކަން ލިބިފައި އޮތުމުން މެޗުގެ މުހިއްމުކަން އިހްސާސްވިލެއް ކުޑަވި: ކްލޮޕް


މެޗުގެ ނަތީޖާއާ މެދު އެއްވެސް ޝަކުވާއެއް ނެތްކަމަށާއި މިއީ ލިވަޕޫލަށް މުހިންމު މެޗެއް ނޫންކަމަށް ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ކުޅުނު ފުރަތަމު މެޗުން ބަލިވުމުން ވާހަދައްކަމުން ކުލޮޕް ބުނީ ހާލަތައް ބަލާއިރު ލީގު ޗެމްޕިއަންކަން ލިބިފަ އޮތުން މެޗުގެ މުހިންމުކަން އިހްސާސްވިލެއް ކުޑަކަމަށެވެ. އޭނާ ބުނީ މެޗުން ބަލިވި ނަމަވެސް ލިވަޕޫލުން ދެއްކި ކުޅުން ގޯސްނޫންކަމަށެވެ.

ކްލޮޕް ބުނީ މެޗުގައި ލިބޭ ފުރުސަތަތަކުގެ ބޭނުން ނުހިފާކަމަށް ވާނަމަ ސިޓީ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅެ މޮޅުވަމުކީ އުނދަގޫކަމެއްކަމަށެވެ. މެޗުގައި އޭނާގެ ޓީމުން ފުރުސަތަކެއް ތަނަވަސް ކުރިކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ނުކުރުމުން ނަތީޖާގެ ފަރަގު ބޮޑުވީ ކަމަށް ކުލޮޕް ބުންޏެވެ.

30 އަހަރުފަހުން ލިވަޕޫލަށް ލީގު ހޯދައިދިން ކޯޗު ބުނީ މުޅި ސީޒަންގައި ވެސް ސިޓީ ފެނިގެންދަނީ ވަރުގަދަކޮށް ކަމަށާއި ދަށް އެންމެ މެޗެއް ވެސް ސިޓީން ކުޅެފަ ނުވާކަމަށެވެ. ލީގުގައި އަމިއްލަ ދަނޑުގައި އަންނަ އާދީއްތަ ދުވަހު ލިވަޕޫލް ނުކުންނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ.