ޚަބަރު

ފުރަތަމަ ހަ މަސްދުވަހު 427 ޤާނޫނީ ލަފާ


މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 427 ކަމަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ދީފައިވާކަމަށް ބަންޑާރަނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެއޮފީހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ 440 މުއައްސަސާއަކުން ޤާނޫނީ ލަފައަކަށް އެދި ބަންޑާރަ ނާއިބުގެ އޮފީހަށް ހުށަހަޅާއިފައިވެއެވެ. އެގޮތުން 427 ކަމަކާ ގުޅޭގޮތުން ޤާނޫނީ ލަފާދީފައިވެއެވެ.

އޭގެތެރޭގައި އެންމެ ގިނައިން ހިމެނެނީ އެއްބަސްވުންތަކާ ގުޅޭގޮތުން ދީފައިވާ ޤާނޫނީ ލަފައެވެ. އެގޮތުން 156 ލަފައެއް އެއްބަސްވުމާ ގުޅޭގޮތުން ލަފާދީފައިވެއެވެ. ދެން ހިމެނޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު ޤަވައިދުތަކާއި ގުޅޭގޮތުން 55 ޤާނޫނީ ލަފައެއް، އުޞޫލުތަކާއި ގުޅޭގޮތުން 30 ލަފައެއް، މުޢާހަދާތަކާ ގުޅޭގޮތުން 6 ލަފައެއް، ބިލު ތަސްދީޤްކުރުމާއި ގުޅޭގޮތުން 4 ލަފައެއް އަދި އެހެނިހެން ކަންކަމާއި ގުޅޭގޮތުން 176 ލަފައެއް ދީފައިވާކަމށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ.

އޭގެތެރޭގައި އެންމެ ގިނައިން ހިމެނެނީ އެއްބަސްވުންތަކާއި ގުޅޭގޮތުން ދީފައިވާ ޤާނޫނީ ލަފައެވެ. އެގޮތުން 156 ލަފައެއް އެއްބަސްވުމާއި ގުޅޭގޮތުން ލަފާދީފައިވެއެވެ.

ދެން ހިމެނޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު ޤަވައިދުތަކާގުޅޭގޮތުން 55 ޤާނޫނީ ލަފައެއް، އުޞޫލުތަކާ ގުޅޭގޮތުން 30 ލަފައެއް، މުޢާހަދާތަކާ ގުޅޭގޮތުން 6 ލަފައެއް، ބިލު ތަސްދީޤްކުރުމާ ގުޅޭގޮތުން 4 ލަފައެއް އަދި އެހެނިހެން ކަންކަމާއި ގުޅޭގޮތުން 176 ލަފައެއް ދީފައިވާކަމށް ބަންޑާރަނާއިބުގެ އޮފީހުން ވިދާޅުވެއެވެ.