ވިޔަފާރި

މާލެ އާއި ހުޅުމާލޭގައި މުދާ އުފުލޭނެ ގަޑިތަކަށް ބަދަލު ގެނެސްފި


މާލެ އާއި ހުޅުމާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައްތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މާލެ އާއި ހުޅުމާލެ ހިމެނޭހެން ގެނެސްފައިވާ މިބަދަލުތަކާއެކު މިއަދުން ފެށިގެން 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 1:30 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.

ފެން އަދި ގޭސް އުފުލޭގޮތަށް ހަމަޖެއްސާފައިވަނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ. މީގެއިތުރުން ބުރިޖުމަތިން މުދާ އުފުލުމުގައާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލޭނެ ގަޑިތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން ،ުދާ އުފުލޭގޮތަށް ހަމަޖެއްސާފައިވާއިރު، މިފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންނެވެ. އަދި 2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން މުދާ އުފުލޭނެ ވަގުތުތަކަކީ ހަވީރު 18:00 އިން ހެނދުނު 6:00އަށް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީންވަނީ ކަނޑައަޅާފައެވެ.

އެ އޮތޯރިޓީން ވިދާޅުވީ މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 18:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.