ކުޅިވަރު

19 އަހަރުން ދަށުގެ ސާފްޗެންޕިއަންޝިޕަށް ޤައުމީ ޓީމް ނޭޕާލަށް


ނަވާރަ އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ
ޒުވާން ފުޓްބޯޅަ ޓީމް ނޭޕާލަށް ހިނގައްޖެއެވެ.

 މިމުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ
ގުރޫޕް ބީގައެވެ. މިގުރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިޔާއާއި އަފްޣާނިސްތާންއެވެ.



ނަވާރަ އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމް ކުޅޭ ފުރަތަމަ
މެޗްގައި މިއަންނަ ހުކުރު ދުވަހު ނިކުންނާނީ އަފްޣާނިސްތާނާއި ދެކޮޅަށެވެ. އަދި
ގުރޫޕްގެ ފަހު މެޗްގައި ރާއްޖެ ނިކުންނާނީ އިންްޑިޔާއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ
މިމަހުގެ ފަންސަވީސްވަނަ ދުވަހުއެވެ.



ގުރޫޕް އޭގައި ހިމެނެނީ ބަނގްލަދޭޝް، ނެޕާލް އަދި
ބޫޓާންއެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ އޮނަތީރީސް ވަނަ ދުވަހުއެވެ.


މިމަހުގެ ތިންވަނަ ދުވަހު ޕާކިސްތާނާއި ސްރީލަންކާއިން ވަނީ މުބާރާތުގައި
ބައިވެރިނުވާ ގޮތަށް ނިންމާފައެވެ.