ޚަބަރު

ބުދަ ބުރާސްފަތި 2 ދުވަހުވެސް ސަރުކާރުގެ އޮފީސްތައް ހުޅުވާނީ 4 ގަޑިއިރަށް


މިހަފްތާގެ ބުދަ ބްރާސްފަތި މި ދެ ދުވަހުވެސް ސަރުކާރުގެ އޮފީސްތައް ހުޅުވާނީ މިހާރުވެސް ސަރުކާރުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުގެ އިދާރާތައް ހުޅުވަން ކަނޑައަޅާފައިވާ ވަގުތުތަކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުގެ އޮފީސްތައް މިހަފްތާގައި ކުރިއަށް އޮތް ދުވަހު ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ވިދާޅުވެފައިވަނީ މި ދެދުވަހު ސަރުކާރުގެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު، އާންމުކޮށް ހުޅުވައިނުލެއްވިނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ދެއްވުމަށް ވަނީ އަންގަވާފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން ޚިދުމަތެއް ދެއްވަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދެއްވުމަށް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ޚިދުމަތްތައް ދެއްވާނީ އެ އޮފީހަކުން ދެއްވާ ޚިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އޮފީހަކުން ހުށަހެޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެއްވެން ހުރި ޚިދުމަތްތައް ގޭގައި ތިއްބަވައިގެން ދެއްވުމަށާއި، އޮންލައިންކޮށް ދެއްވެން ހުރި ޚިދުމަތްތައް އޮންލައިން ދެއްމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ކޯވިޑް19އާ ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދަށް އިތުރު ގިނަ ލުއިތަކެއްދޭން ސަރުކާރުން ވަނީ ނިންމާފައެވެ.