ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންގެ 10 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ


ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންގެ 10 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގް ކެޓަގަރީގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ކެންޔާގެ، ކެންޔާޓާ އިންޓަނޭޝަންލް ކޮންވެންޝަން ސެންޓަރ ގައި އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދިވެހިރާއްޖެ ނޮމިނޭޓް ވެފައިވާ 10 ކެޓަގަރީ ތަކަކީ
● އިންޑިއަން އޯޝަންސް ލީޑިންގް ޢެޑްވެންޗަރ ޓޫރިޒަމް ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ކުރޫޒް ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2020
● އިންޑިއަން އޯޝަންސް ލީޑިން ޓުއަރިސްޓް ބޯޑް 2020
● އިންޑިއަން އޯޝަންސް ލީޑިން ވެޑިންގް ޑެސްޓިނޭޝަން 2020

ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ އިތުރުން، ރާއްޖެއަކީ ފަތުރުވެރިންނަށް ޚާއްސަ މެހެމާންދާރީއެއް އަބަދުވެސް އަދާކުރަމުންދާ ގައުމެކެވެ. މިފަދަ އެވޯޑްތައް ލިބުމަކީ ދިވެހިރާއްޖެއާ ދޭތެރޭ ފަތުރުވެރީންގެ މެދުގައި އޮންނަ ލޯތްބާއި މަގްބޫލުކަން އަންގައިދޭ ކަމެއްކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ބުނިއެވެ.

އެމްއެމްޕީއާރުސީން ބުނީ ދިވެހިރާއްޖެއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ވޯޓު ދިނުމުގެ އެންމެ ފަހު ތާރީޚަކީ އޮގަސްޓް 22 ވަނަ ދުވަހެވެ. މިގޮތުން https://www.worldtravelawards.com/register އަށް ޒިޔާރަތްކޮށް ރާއްޖެއަށް ވޯޓު ދެވޭނެއެވެ.

މިދިޔަ އަހަރު ވެސް ދިވެހިރާއްޖެއިން ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގް ކެޓަގަރީން ވަނީ ފަޙުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން ހިމެނެއެވެ.

1993 ވަނަ އަހަރުން ފެށިގެން ދޭންފެށި ވޯލްޑް ޓްރެވަލް އެވޯޑްގެ މަޤްސަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ޚާއްސަ ކާމިޔާބީތައް ޙާސިލްކުރާ ފަރާތްތައް ފާހަގަކުރުމެވެ. އެގޮތުން ވޯލްޑް ޓްރެވަލްސް އެވޯޑް ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެވޯޑްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ޝަރަފުވެރި އެވޯޑަށެވެ.