ކުޅިވަރު

އަރްތޫރް ވިއްކާލުމުން ވިކްޓަ ފޮންޓްގެ ފާޑުކިޔުން ބާސެލޯނާއަށް


ބްރެޒިލްގެ ޒުވާން މީޑްފީލްޑަރު އަރްތޫރޯ މެލޭ ޔުވެންޓަސް އަށް ވިއްކާލުމުން ބާސެލޯނާގެ ބޯޑަށް އެކުލަބުގެ ރައީސް ކަމަށް ވާދަކުރާ އެއް ކެނޑިޑޭޓް ވިކްޓަ ފޮންޓް ފާޑުކިޔައިފި އެވެ.

އޭނާ ބުނީ މިއީ ޓްރާންސްފާ މާކެޓް އިންފްލޭޓްވެފައިވަނިކޮށް ކުލަބުން ކުރި ވަރަށް ބޭކާރު ކަމެއް ކަމަށެވެ. އަދި 23 އަހަރުގެ މިޑްފީލްޑަރު އަތްރޫރު ޔުވެންޓަސް އަށް ވިއްކާލުމަށްފަހު އެކުލަބުގައިހުރި 30 އަހަރުގެ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނެކް ގެނައުމުގެ ބޭނުމެއްނެތް ކަމަށެވެ.

އަރްތޫރް ޔުވެންޓަސް އަށް ބަދަލުވީ 70 މިލިއަން ޔޫރޯ އަށެވެ. ޕިޔަނިކް ބާސެލޯނާއަށް ބަދަލުވީ 60 މިލިއަން ޔޫރޯ އަށެވެ.

ވިކްޓަރ ފޮންޓް ބުނީ މިއީ މި ދެ ކުޅުންތެރިންނަށް ވަރަށް ބޮޑު އަގެއް ކަމަށާއި ބާސެލޯނާއިން މިކަން ކުރީ ކުލަބުގެ ހަރަދު ކުރަންކަމަށްވާއިރު މިއީ ކުޅިވަރުގެ ގޮތުންނާއި މާލީ ގޮތުން ވެސް ބޭކާރު ބަދަލެއް ކަމަށެވެ.

އޭނާ ބުނީ ކުލަބުގެ މެނޭޖްމަންޓްގެ ބޭކާރު ހަރަދު ގިނަވެފައިވާއިރު މޮޅު ކުޅުންތެރިން ވިއްކާލައިގެން ކުލުބަގެ މާލީ ކަންކަން ހަމަޖެއްސުމަކީ ބާސެލޯނާފަދަ ކުލަބެއް އަޑިގަނޑަކަށް ވައްޓާލުން ކަމަށެވެ.

ފަހަކަށް އައިސް ބާސެލޯނާއިން ކޮށްފައިވާ ބައެއް ޓްރާންސްފާތަކަށް އެކުލަބުގެ ކުރީގެ ކުޅުންތެރިން ވެސް ވަނީ ފާޑުކިޔައފަ އެވެ.