ވިޔަފާރި

ރާއްޖޭގައި ފްލޯޓިންގ ރަށްތަކެއް ތަރައްޤީކުރަނީ


މުއްސަނދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ފްލޯޓިން
ރަށްތަކެއް ރާއްޖޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މަޝްރޫއު
ކުރިއަށްެގެންދާ ރިއަލް އެސްޓޭޓް ކުންފުނި، ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް
އެސްޓޭޓް އިން ހާމަކޮށްފިއެވެ.



މި ރަށްތައް ވެގެންދާނީ ދުނިޔޭގެ ފުރަތަމަ ' އަލްޓްރާ
ލަކްޝަރީ އެޓޯލްސް' ތައް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.



އެކުންފުންޏާއި ހަވާލާދީ، އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގައި
ބުނެފައިވަނީ ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓްއިން ރާއްޖޭގައި
މިރަށްތައް ތަރައްޤީކުރުމަށްފަހު އެ މަޝްރޫއު ދުބާއީ އަދި މިއާމީ ގައިވެސް ކުރިއަށް ގެންދިޔުމަށް
ރޭވިފައިވާ ކަމަށެވެ.



"އަމިއްލަ ރަށް ޕްރައިވެޓް
އައިލެންޑްސް" ގެ ނަމުގައި ތަރައްޤީ ކުރާ މި ފްލޯޓިން ރަށްތައް ގަންނަން
ބޭނުންވާ ފަރާތްތަކަށް ވިއްކުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި ރަށްތައް ގަންނަ ފަރާތްތަކުން
ބޭނުންގޮތަށް ރަށް ފަރުމާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ކްރިސްޓީސް
އިންޓަނޭޝަނަލް އިން ހާމަކުރެއެވެ.





މީގެއިތުރުން
ޑެއިލީ މެއިލްގައިވާ ގޮތުން ނެދަލޭންޑްގެ ޑަޗް ޑޮކްލޭންޑްސް އާއި ދިވެހި ސަރުކާރާ
ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުން މިހާރުވެސް ރާއްޖޭގައި
"އޯޝަން ފްލާވަރ"ގެ ނަމުގައި ރިސޯޓެއް ހަދަމުން ދާ ކަމަށާއި އެ
ރިސޯޓްގައި 185 ވޯޓަރވިލާއާއި ޕްރައިވެޓް ޕޫލްތަކާއި ފިހާރަތަކާއި ރެސްޓޯރަންޓްތައް ހިމެނޭކަމަށެވެ.