ޚަބަރު

އިންޑިޔާގެ ރައީސަށް، ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ އަނބިކަންބަލުން ޝްރީމަތީ ސުވްރާ މުކަރުޖީ މިއަދު އަވަހާރަ ވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށާއި އިންޑިޔާގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.