ޚަބަރު

ސީއެސްސީއަށް އާ ދެ މެންބަރަކު އައްޔަންކުރައްވައިފި


ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ދެބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.އެ ދެ ބޭފުޅުންނަކީ، ހެންވޭރު މެރިންވިއު ޑޮކްޓަރ ޢަލީ ޝަމީމާއި، ހުޅުމާލެ ފްލެޓް 01-ޖީ-62 އަލްފާޟިލް ޒަކަރިއްޔާ ޙުސެއިންއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އެބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، އެބޭފުޅުންވަނީ މަޤާމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.