ތަޢުލީމު

ހޮސްޕިޓާލިޓީ ސްކޫލެއް ޔުނިވަސިޓީގައި ހުންނަންޖެހޭ - ޗާންސެލަރ


ރާއްޖޭގައި މިހާރު އެންމެ ފުޅާ ދާއިރާއަކީ ޓޫރިޒަމް ކަމަށް ވާތީ ހޮސްޕިޓާލިޓީ ސްކޫލެއް ގައުމީ ޔުނިވަސިޓީގައި ހުންނަން ޖެހޭ ކަމަށް ޗާންސެލަރު ޑރ. މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.ނިމިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށް ގެންދިޔަ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފެއާގެ ކެއްކުމުގެ މުބާރާތުން ރަންވަނަތައް ހޯދި ޔުނިވަސިޓީގެ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ލަތީފް ވިދާޅުވީ ޤައުމީ ޔުނިވާސިޓީގެ ކުރިއަށްއޮތް ތަސައްވުރުގެ ތެރޭގައި ހޮސްޕިޓަލިޓީގެ ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ފެންވަރެއްގެ ހޮސްޕިޓަލިޓީ ސްކޫލެއް އެމްއެންޔޫގެ ތެރޭގައި ޤާއިމްވެ އޮތުމަކީ ކުރަންޖެހޭނެ ކަމެއްކަމަށެވެ.ފުޑް އެންޑް ހޮސްޕިޓަލިޓީ
އޭޝިއާ މޯލްޑިވްސް އަދި އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް
އެގްޒިބިޝަންގައި ޤައުމީ ޔުނިވަރސިޓީގެ 9 ދަރިވަރަކު ބައިވެރިވެ 5 ކުއްޖަކުވަނީ
މެޑަލް ހޯދާފައެވެ. އެއީ ރަން މެޑަލްއެއްގެ އިތުރުން 4 ލޯ މެޑަލް އެވެ.