މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިލޔާނާތުގެ މައްސަލައިގެ ތުހުމަތުގައި 5 ފުލުހަކު ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތުދެއްވި ގޮތުގައި މި 5 ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރީ މިހާރު ކުރިއަށްދާ ތަހްޤީގަށް ފާހަގަވެފައިވާ މަޢުލޫމާތުތަކާ ގުޅިގެންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ފުލުހުން މިހާރު ކުރިއަށްގެންދާ ތަހްޤިގަށް ފާހަގަވެފައިވާގޮތުގައި ޚިޔާނާތުގެ ފައިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި މިވަގުތުތިބި 5 މުވައްޒަފަކަށް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށާ، އެމީހުންގެ ޖިނާޢީ އަދި އިދާރީ ތަހްޤިޤު މިހާރު ހިނގަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މި ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކުރީ ތަހްޤީގު ވަކިގޮތަކަށް ނިމެންދެނެވެ.