ވިޔަފާރި

ކަފަކޮމަންޑޫގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ހަރަކާތްތައް ހިންގަން ފަށަނީ


ނ.ކަފަކޮމަންޑޫގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ހަރަކާތްތައް ހިންގުމަށް އެރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ނ.ހެނބަދޫ ކައުންސިލްގެ އިދާރާއިން ހާމަކޮށްފިއެވެ.

ހެނބަދޫ ކައުންސިލުން މިހާރު ވަނީ ކޯވިޑް-19 އިން އެރަށުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކަފަކޮމަންޑޫގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރަން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިރަށް ދަނޑުވެރިކަމަށް ބޭނުންކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސްގެ ފަރާތުން މިހާރު ހޯދާފައިވާ ކަމަށް ހެނބަދޫ ކައުންސިލުން ބުނެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނ.ކަފަކޮމަންޑުއަށް އެއްވެސް ފަރާތަކުން ހެނބަދޫ ކައުންސިލްގެ ހުއްދަނެތި އެރުމަކީ މަނާކަމެއްކަމަށް ހެނބަދޫ ކައުންސިލުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންވަނީ ދިވެހިރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިޚުތިޞާޞް ކަނޑައަޅާފައެވެ. އެގޮތުން، ނ.ހެނބަދޫ އިޚުތިޞާޞްތެރޭގައި ނ.ކަފަކޮމަންޑޫ ހިމެނެއެވެ.