ޚަބަރު

މާވެޔޮ މިސްކިތް ޖަނާގެ ބައްޕަގެ ހަނދާނުގައި ބައްޕަގެ ނަމަށް


މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި ސަރުކާރާ ހަވާލު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިސްކިތުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށި މިސްކިތުގެ މަސައްކަތް ނިންމާ މިދިޔަ ހޮނިހިރު ދުވަހު މިސްކިތާ ހަވާލުވެފައިވާކަމަށާއި މިހާރު މިސްކިތް ހުޅުވުމަށް ވާންޖެހޭ ތައްޔަރީތައް ވަމުންދާކަމަށެވެ.

"ރަމަޟާން މަސް ފެށުމުގެ ކުރިން 16 އޭޕްރީލްގައި މިނިސްޓްރީއާ މިސްކިތް ހަވާލުކުރަން ވެސް މިސްކިތް އިމާރާތް ކުރެއްވި ފަރާތުން މަސައްކަތް ކުރި. އެކަމަކު ލޮކްޑައުން ވެފައި ތިބީމާ މިނިސްޓްރީއާ އެ މިސްކިތް ހަވާލު ނުކުރެވި އޮތީ. ދެން މިހާރު ހުޅުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކެއް ވެ ނިމިފައި ވަނީ." އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މާވެޔޮ މިސްކިތް ހުޅުވާނީ މާލޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދިނުމުންކަމަށް އިސްލާމިކް މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކުރިން މާވެޔޮ މިސްކިތައް މަސްޖިދުލް ބަޙާއުއްދީން ކީނަމަވެސް އެ މިސްކިތަކީ މިސްކިތް އިމާރާތްކުރި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ބައްޕަގެ ހަނދާނުގައި އިމާރާތްކޮށްފައިވާ މިސްކިތެއްކަމުން މިސްކިތުގެ ނަން ވަނިީ މަސްޖިދުލް އަލީ ހުސައިންގެ ނަމަށް ބަދަލުކޮށްފައެވެ. އަލީ ހުސައިން އަކީ ހަކީމީ ބޭސްވެރިއެވެ.

ކުރިން 400 މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށްދީފައިވަނީ މުހައްމަދު އަލީ ޖަހާނުގެ އަމިއްލަ ހަރަދުގައެެވެ. މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައިވަނީ 2000 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައާއެކުއެވެ. މިސްކިތުގެ އިމާރާތް ހަދާފައިވަނީ 6 ފަންގިފިލާއަށެވެ. މިސްކިތުގެ އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން، އިދާރީ މަސައްކަތް ކުރުމަށް ބައެއް ފަންގިފިލާތައްވަނީ ހާއްސަކޮށްފައެވެ.

މާވެޔޮ މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައެއްގެ އިތުރުން، އަންހެނުންނަށް ނަމާދު ކުރަން ޚާއްސަ ބައެއް ކަނޑައަޅާފައިވާއިރު ނަމާދުކުރާ ބައިތައްވަނީ އެސީކޮށްފައެވެ. އަދި މިސްކިތުގައި ވަނީ ލިފްޓްވެސް ބަހައްޓާފައެވެ. މާވެޔޮ މިސްކިތް އެޅުމަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

މުހައްމަދު ރަމީޒް

ވަރަށް ރީތި މިސްކިއް

ޜ

މި މިސްކިއް ޑިޒައިން ކުރި މީހާއަށް ހަ މަ ސާބަސް. ޙާދަހާވާ ރީތިއޭ....