ޚަބަރު

ކޯވިޑް-19 : މާލެ ޖަލުގައި މަސައްކަތްކުރާ އީ.އެސް.ޖީ އޮފިސަރަކު ޕޮޒިޓިވްވެއްޖެ


މާލެ ޖަލުގައި މަސައްކަތްކުރާ އީ.އެސް.ޖީ އޮފިސަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ޖަލު އޮފިސަރު ޕޮޒިޓިވްވީ، މަގުމަތިން އެކްޓިވް ސާމްޕަލް ނަގައިގެން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެގެން އޭނާ ހޯމް އައިސޮލޭޓްކުރުމަށްފަހު ސާމްޕަލް ނެގުމުންކަމަށެވެ.

ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެސަރވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާކަމަށެވެ.

އެގޮތުން، ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމާއި، އޮފިސަރުންނާއި ގައިދީން ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް އެސަރިވުސުން ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެބަލި ޖަލުތަކުގައި އުޅޭތޯ ދެނެގަތުމަށްޓަކައި މީގެ ކުރިން ވަނީ ކަރެކްޝަނަލް ސަރވިސުން ބަލަހައްޓާ ހުރިހާ ޖަލުތަކާއި، ޖަލު އޮފިސަރުންނާއއި، މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ބަައްޔަށް ޓެސްޓޮކޮށްފައެވެ. އެގޮތުން މާލެ ޖަލާއި ހުޅުމާލެ ޖަލުގެ އިތުރުން މާފުށީ ޖަލާއި، އައްސޭރިޖަލުން އޭރުނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވެވެފައެވެ.