ދިވެހި ރާއްޖޭގައި ފުރަތަމަ ބާއްވާ ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް، މާޕް އިން ހުޅުވާލައިފިއެވެ.
ދެދުވަހުގެ މުއްދަތަށް ބާއްވާ މިކޮންފަރެންސް އޮންނާނީ ޖުލައި މަހުގެ 11 ވަނަ ދުވަހާއި 12 ދުވަހުއެވެ.
މިކޮންފަރެންސާ ބެހޭ މަޢުލޫމާތު މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެންހުންނާނެ ކަމަށް މާޕުން މަޢުލޫމާތުދީފައިވެއެވެ.
މާޕްގެ ދެވަނަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ވާޗުއްލް ކޮށް ބޭއްވުމަށް ނިންމާފައިވަނީ ކޯވިޑް-19 އާ ގުޅިގެން ކަމަށާއި، މުޅި ކޮންފަރެންސްގައި، ކީނޯޓް ތަކާއި ކޭސް ސްޓަޑީ އަދި ޕެނަލް ޑިސްކަޝަންތައްވެސް ބާއްވާނީ ވާޗުއަލް ޕްލެޓްފޯމްތަކުގައި ކަމަށް މާޕުން ހާމަކޮށްފައިވެއެވެ. އަދި މުޅި މިކޮންފަރެންސަކީ ފްރީ އިވެންޓެއް ކަމަށް މާޕުން މަޢުލޫމާތުދެއެވެ.
“Creating a Value-Driven Learning Culture” ތީމް ގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިޔާ، ޓްރިނިޑަޑް އެންޑް ޓޮބަގޯ އަދި ސިންގަޕޯރގެ މަޝްހޫރު ސްޕީކާސް އިން ސެޝަންތައް ނަގާދޭގޮތަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ފުރަތަމަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރު ކަމަށާއި، މި ކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތަކުގެ އިތުރުން ޗެލެންޖަސްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ދީފައެވެ.
ކޯވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ ދުވަސްތަކުގެ ތެރޭގައިވެސް ތަފާތު 8 ސެޝަނެއް ވާޗުއަލް ހިންގާފައިވާކަމަށާއި މިސެޝަންތައް ޚާއްސަކުރީ މިދުވަސްވަރަށް ޚާއްސަ ތަފާތު ދާއިރާތަކަށް ކަމަށް މާޕުން މަޢުލޫމާތުދެއެވެ.
މާޕުން ވަނީ ސަދަރން ކޮމިއުނިޓީ އެންޕަވަމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ލީޑަޝިޕް އެންޑް ގްރޯތް ސަމިޓެއް މިއަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ކަނޑައަޅާފައެވެ. މާޕުން ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯވެސް މިއަހަރުގެ ނޮވެމްބަރ މަހަށް ލަސްކުރެވިފައިވާ ކަމަށް މާޕުން މަޢުލޫމާތުދެއެވެ.