ޚަބަރު

ކިއު ސްޓަޑީ މޯލްޑިވްސްގެ "އިންޓަރނޭޝަނަލް ވާރޗުއަލް އެޑއުކޭޝަން ފެއަރ" މާދަމާ


ކިއު ސްޓަޑީ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވާރޗުއަލް އެޑިއުކޭޝަން ފެއަރއެއް މާދަމާ ފަށަން ނިންމައިފިއެވެ.

"އިންޓަރނޭޝަނަލް ވާރޗުއަލް އެޑއުކޭޝަން ފެއަރ"ގެ ނަމުގައި ބާއްވާ މި ފެއަރ އަކީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއާއި އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސް ގުޅިގެން ބާއްވާ ހަރަކާތެކެވެ.

މިހަރަކާތް އިންތިޒާމުކުރާ، ކިއު ސްޓަޑީ މޯލްޑިވްސްއިން މައުލޫމާތު ދެއްވާ ގޮތުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފެއަރގައި ދުނިޔޭގެ 10 ޤައުމެއްގެ 20 ޔުނިވާރސިޓީއަކުން ބައިވެރިވާނެއެވެ. މިފެއަރ ކުރިޔަށް ދާނީ މިމަހުގެ 19ވަނަ ދުވަހާއި 20ވަނަ ދުވަހު ހަވީރު 16:00އިން ފެށިގެން ރޭގަނޑު 22:00އާ ހަމަޔަށެވެ.

ވަރޗުއަލްކޮށް ބާއްވާ މިފެއަރގައި ބައިވެރިވުމުގެ ފުރުސަތު www.qstudy.co ޒިޔާރަތްކުރުމުން ކޮންމެ މީހަކަށް ލިބޭނެއެވެ. އަދި ފެއަރ ކުރިޔަށްދާ ގަޑީގައިވެސް އަދި މިހާރުވެސް ފެއަރގައި ބައިވެރިވުމަށް ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެކަމަށެވެ.

މިފެއަރގެ ތެރެއިން މެޑިސިން، އެޕްލައިޑް ސައިންސް، އިންޖިނިއަރިން، އައިޓީ އެންޑް ކޮންޕިއުޓިން، ބިސްނަސް އެކައުންޓިން، ސައިކޮލޮޖީ، ސޯޝަލް ސައިންސަސް އަދި އެހެން ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މި ފެއަރގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރާ ކުދިންނަށް ޔުނިވާރސިޓީތަކުގެ ބޭފުޅުންނާއި އޮންލައިންކޮށް ގުޅައިގެން މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. ކިއު ސްޓަޑީ މޯލްޑިވްސްއިން ބުނީ ފެއަރގެ ތެރެއިން މައުލޫމާތު ހޯދާކުދިންތަކުގެ ތެރެއިން ހޮވާލެވޭ ކުދިންތަކަކަށް ޕާޝަލް ސްކޮލަޝިޕް ނުވަތަ ކިޔެވުމުގެ އަގުގެ ދެބައިކޮޅު އެއްބައި ފުރުސަތު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ހިލޭ ޓިކެޓާއި 250 ޑޮލަރުގެ ފައިސާގެ އިނާމާއި އެހެނިހެން އިނާމްތައްވެސް މިފެއަރގައި ބައިވެރިންނަށް ހުޅުވާލާފައިވެއެވެ.