ޚަބަރު

ހަތް ދުވަހުން ވެންޓިލޭޓަރު ހެދި އަޝްހަމް، މިފަހަރު ތިން ދުވަހުން ހެދީ ވިނަކޮށާ މެޝިނެއް


ހަފްތާއެއްގެ ތެރޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދުމުން ށ. ގޮއިދޫ އުމުރުން އެންމެ 19 އަހަރުގެ އަހްމަދު އަޝްހަމްއަށް ގިނަ ބައެއްގެ ތައުރީފުލިބި އެތައްބަޔަކުވަނީ ހިތްވަރުދީފައެވެ.

އެގޮތުން ރަށުކައުންސިލުންވެސް ވަނީ އޭނާގެ މަސައްކަތައް ހިތްވަރުދީ އެހުނަރުގެ ބޭނުންކޮށްގެން ރަށަށް ބޭނުންވާ ތަފާތު ތަކެތި އުފެއްދުމުގެ ޚިޔާލުވެސްދީފައެވެ. އޭގެތެރޭގައި އެރަށުގެ ފުޓު ބޯޅަ ދަނޑުގައި ވިނަ ކޮށާނެ މެޝިނެއް ނުވަތަ "ލޯން މޯވަރ" އެއް ތައްޔާރުކުރުމުގެ ޚިޔާލުވެސް ހިމެނެއެވެ.

ކޮންމެއަކަސް މިއީވެސް ރަށުގައި ހުރެގެން ނުކުރެވޭނެކަމެއް ނޫންކަން އަޝްހަމް މިވަނީ ސާބިތުކޮށްދީފައެވެ. އެގޮތުން އެންމެ ދެތިން ދުވަހުގެ ތެރޭގައި ވިނަކޮށާ މެޝިނެއް އޭނާ ތައްޔާރުކުރީ ގޮނޑަށް އުކާލާފައިއޮތް ބްލެންޑަރެއް ނުވަތަ މިކްސަރެއް ނަގައި އޭގެ މޯޓަރުބައި މަރާމާތުކޮށްގެންނެވެ. އަދި ވިނަ ކޮށާ ތިލަ ހަދާފައިވަނީ 2 ވަޅި ދެކޮޅަށް ބައިންދައި ވެލްޑިންކޮށްގެންނެވެ.

"މިރަށުގައި ލޯން މޯވަރ" އެއް ނެތީމަ ކަނޑިތީމުން ބޮރޯކޮށްގެން ދަނޑުގެ ވިނަ ބޯ ތަންތަން ކޮށަނީ. އެހެންވެ ބޭނުންވީ، ކައުންސިލުންވެސް އެކަން ފާހަގަކޮށްފައި އޮތީމަ މިކަހަލަ ވިނަ ކޮށާ މެޝިނެއް ހަދަން" އަޝްހަމް ކިޔައިދިނެވެ.

އަޝްހަމް ހެދި ވިނަ ކޮށާ މެޝިނުން ގޮއިދޫ ދަނޑުގައި ވިނަ ކޮށަނީ. މިހާރުވެސް އެއްވަރަކަސް ރީއްޗަށް ވިނަ ކޮށާލެވޭ.

އަޝްއަހަމް ތައްޔާރުކުރި ވިނަ ކޮށާ މެޝިން ބޭނުންކޮށްގެން ރަށުގެ ދަނޑުގެ ވިނަތައް ކޮށާފައިވީނަމަވެސް ފަސް ވަރަކަށް މިނެޓް ކޮށާލުމުން މެޝިންގެ ހޫނުގަދަވާގޮތް ދިމާވާތީ އޭނާގެ ވިސްނުން މިހާރު ހުރީ އެ މައްސަލަ ހައްލުކުރުމަށެވެ.

އަޝްހަމް ބުނީ ދެންކުރާނީ އެ މެޝިން އަޕްގްރޭޑް ކުރުމާއި ޓްރަބަލްޝޫޓުކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެމަސައްކަތް އެއްކޮށް ނިންމާލާއިރު ގަޑިއެއްހާއިރަށް ނުވަތަ އެއަށްވުރެވެސް ގިނަ އިރު ފުޓުބޯޅަ ދަނޑުގެ ވިނަ ކޮށާލެވޭނެކަމަށެވެ. އަޝްހަމްގެ ހުނަރާއި ހިއްވަރުން ހޮސްޕިޓަލުގައި އިމަޖެންސީ ހާލަތުގައި ބޭނުންކުރެވިދާނެ ވެންޓިލޭޓަރެއް ކާމިޔާބުކަމާއިއެކު އަމިއްލައަށް އުފައްދާފައި ވުމުން ވިނަ ކޮށާ މެޝިންވެސް އެބޭނުންވާ ގޮތަށް އޭނާ ތައްޔާރުކޮށްދެވިދާނެ ކަމާއިމެދަކު ސުވާލެއް ނުއުފެދެއެވެ.

އަޝްހަމް ވެންޓިލޭޓަރު އުފެއްދި ޚަބަރާއެކު އޭނާއަށް އެތައްބަޔަކު ތައުރީފުކޮށް ހިއްވަރުދީފައި ވާއިރު އޭގެ ތެރޭގައި ނާއިބު ރައީސް އާއި، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންވެސް ހިމެނެއެވެ. އެގޮތުން ފެނަކަ މާލޭ އޮފީހުން އަޝްހަމަށް ވަޒީފާ ހުށައަޅާފައި ވީނަމަވެސް މިވަގުތު ރަށުގައި ހުރީ ކޯވިޑް19 ގެ ސަބަބުން ރަށްރަށުން މާލެއަށް މީހުން އައުން މަނާކޮށްފައި ވާތީއެވެ.

ޝަޔާން

ތި ސޮރު ހާދަ މޮޅޭ

އަލިބެ

އަޝްހަމްގެ އުފެންދުންތައް ވިޔަފާރި ފައިދާއެއް ލިބޭނެ ގޮތެއް ޙޮދަންވީ. މީ ީޖާބީ ކުއްޖެއް.

ޭއޭނަ

ތިސޮރު ގާތު ބުނެގެން ބަނބުކެޔޮ ކޮށާ މެޝިނެއް ހަދުވަންވީ