ކުޅިވަރު

2014ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިން ނިޝްވާ އަދި ސަޖަން


މިދިޔަ އަހަރުގެ އެންމެ މޮޅު
ފިރިހެން ފެތުންތެރިއަކަށް ނިޝްވާން މުހައްމަދު އަދި އެންމެ މޮޅު އަންހެން
ފެތުންތެރިޔަކަށް އާމިނަތު ސަޖަން ހޮވިއްޖެއެވެ.

ރޭ ޖަމާލުއްދީން ސްކޫލްގައި ބޭއްވި
ދެހާސް ސާދަވަނަ އަހަރުގެ ސްވިމިންގ އެވޯޑް ނައިޓްގައި ވަނީ މިދިޔަ އަހަރުގެ
އެންމެ މޮޅު ފެތުންތެރިންނަށާއި ޤައުމީ ރެކޯޑްތައް އާކުރި ފެތުންތެރިންގެ އިތުރުން
ސީނިއަރ އަދި ޖޫނިއަރ ގުރޫޕްގެ އަންހެން އަދި ފިރިހެން ފެތުންތެރިންގެ އަގު ވަޒަންކޮށްފައެވެ.
ނިމިގެންދިޔަ އަހަރުގެ ފިރިހެން ދެވަނަ ފެތުންތެރިއަކީ މުހައްމަދު މުންތަސިމް
އަދުނާންއެވެ. އަދި ތިންވަނަ ފެތުންތެރިއަކީ އިސްމާޢީލް މުންތަސިމް އަދުނާންއެވެ. މިދިޔަ
އަހަރުގެ އަންހެން ދެވަނަ ފެތުންތެރިއަށް ހޮވިފައިވަނީ އައިޝަތު ސާޖިނާއެވެ. ތިންވަނަ
މަޤާމް ހޯދާފައިވަނީ ފާތިމަތު ޒުހުރާ އިސްމާޢީލްއާއި އައިޝަތު އަންހާ ހައިޝަމްއެވެ. 

ދެހާސް ސާދަވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތްތަކުގެ ތެރެއިން އެންމެ މޮޅު
ފިރިހެން ފެތުންތެރިއަކަށްވެސް ހޮވިފައިވަނީ ނިޝްވާން އިބްރާހީމްއެވެ. ދެވަނަ ލިބުނީ
މުބާލް އައްޒާމް އިބްރާހީމްއަށެވެ. އަދި ތިންވަނަ ލިބުނީ މުހައްމަދު ނަވާރު
އިބްރާހީމްއަށެވެވެ. މިބައިން އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ
އަންމާޢު އަހުމަދު ސަލީމްއެވެ. ފާތުމަތު ޒުހުރާ އިސްމާޢީލް ދެވަނަ ހޯދާފައިވާއިރު،
ތިންވަނަ ލިބުނީ އައިޝަތު ހުލްވާ އަދި ތުވާ އަހުމަދު ޝަފީޤްއެވެ. 

ޖޫނިއާރ ޖުރޫޕްގެ
އެންމެ މޮޅު ފިރިހެން ފެތުންތެރިއަކީ މުބާލް އައްޒާމް އިބްރާހީމްއެވެ. އަދި އަންހެން
އެންމެ މޮޅު ފެތުންތެރިއަކީ އަންމާޢު އަހުމަދު ސަލީމްއެވެ. މިއެވޯޑްނައިޓްގައި ވާދަކަ
ދައްކަވަމުން ސްވިމިންގ އެސޯސިއޭޝަންގެ ރައީސް އަބްދުލް ސައްތާރު ވިދާޅުވީ ކޮންމެ
ކުއްޖަކުވެސް ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެތްލެޓިކްސްއިން
ރަން މެޑަލް ހޯދި ހަސަން ސާއިދު ނަމޫނާއަކަށް ބަލައިގެން ކާމިޔާބީ ހާސިލް ކުރުމަށް
މަސައްކަތް ކުރަންވާނެކަމަށާއި، މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަން ސާއިދު
ދައްކައިދީފައިވާކަމަށެވެ.