ވިޔަފާރި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކަސްޓަމަރުންނަށް ހުޅުވާލައިފި


އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަލުން ކަސްޓަމަރުންނަށް ހުޅުވާލާފައި މިވަނީ ކޯވިޑް19ގެ ސަބަބުން މާލެ ސަރަޙައްދުގައި އިއުލާންކުރި ލޮކްޑައުންގެ ސަބަބުން ފިހާރަ ބަންދުކޮށްފައި ހުރުމަށްފަހުގައެވެ.

އެސްޓީއޯއިން ބުނީ ހޯމް އިމްޕްރޫވްމަންޓުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ޙިދުމަތް ލިބޭނެކަމަށެވެ. އެސްޓީއޯ ހޯމް އިންޕްރޫވްމަންޓް ހުޅުވާލިނަމަވެސް ޙިދުމަތް ހޯދަން އަންނައިރު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެސްޓީއޯއިން އިލްތިމާސްކުރެއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަންދުކޮށްފައިވީނަމަވެސް މިމަހުގެ ކުރީކޮޅު އެސްޓީއޯގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް، އީ-ސްޓޯރ.އެމްވީ މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ގަތުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

އީ.ސްޓޯރ މެދުވެރިކޮށް ހޯމް އިމްޕްރޫވްމަންޓު ފިހާރައިން ގަންނަ ތަކެތީގެ ތެރެއިން ގެއަށް ޑެލިވަރކޮށްދިނުމުގެ ޙިދުމަތް ލިބޭނީ އައިސްއަލަމާރި އަދި ދޮންނަ މެޝިން އެކަންޏެވެ. އެހެން ހުރިހާ އެއްޗެއް ގަތުމަށްފަހު ޖެހެނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް ބަލާދާށެވެ.