ޚަބަރު

ލުއި ދިންނަމަވެސް ކުނި ބަލާ ނާރާނެ ތިރީގައި ބަހައްޓާ


މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަދަބަންދަށް ލުއި ދިންނަމަވެސް އަންނަ އޮގަސްޓްމަހުގެ 1 ވަނަދުވަހާއި ހަމަޢަށް ކުނި ނަގާނީ ގޭގެ އިމާރާތުގެ ތިރިންކަމަށް ވެމްކޯއިން ބުނެފިއެވެ.

މާލެ ސަރަހައްދުން ކޯވިޑް ފެނި މާލެއިން ފުރަބަންދުކުރުމާއި އެކު ވެމްކޯއިން ގޭގެއިން ކުނި ނެގުމުގައި އަމަލުކުރާ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ކޮންމެ ގެއަކުންވެސް ޖެހެނީ ކުނި ގެއިން ބޭރަށް ނެރޭށެވެ. އަދި ވެމްކޯއިން ކުނި ނަމަގަމުން އަންނަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 2:00 ދެމެދުއެވެ.

ވެމްކޯއިން ބުނީ މި މުއްދަތުގައިވެސް ވެމްކޯގެ އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް އިމާރާތުގެ ވަކިވަކި ފަންގިފިލާތަކަށް ނާރާނެކަމަށެވެ. އަދި މޮނީޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުން އަންނަނީ ކުރިއެކެވޭސް އެއްގޮތަށް އެޗްޕީއޭގެ އިރުޝާދުގެ މަތިން ވަކި ހާއްސަ ބައެއްކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ފުރުބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް މުވައްޒަފުންނާއި، ހިދުމަތްތައް ހޯއްދަވާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާންޖެހޭކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މީގެކުރިން ކަނޑައަޅާފައިވާ ގޮތަށް ކުނި ބަންދުކޮށް ކަނޑައެޅިފައިވާ ވަގުތުގައި ކުނި ނެރުމަށް ވެސް ވެމްކޯއިން ވަނީ ިއލްތިމާސްކޮށްފައެވެ.