ޚަބަރު

ހުރިހާ ސާރވޭ އޮފިސަރުންނަށްވާނީ ފުރިހަމަ ތަމްރީނު ދެވިފަ


ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ސަރވޭ ކުރުމުގެ މަސައްކަތުގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާ ހުރިހާ އޮފިސަރުންނަކީ އެކަމަށް ބޭނުންވާ ފުރިހަމަ ތަމްރީން ދެވިފައިވާބައެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހާމަކޮށްފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނީ މި އަހަރުގެ މިހާތަނަށްވެސް 130 ސަރވޭ އޮފިސަރުން ތަމްރީން ކުރެވިފައިވާ ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްގެ ތެރޭގައި ޕްރެކްޓިކަލް ބަޔަކާއި ތިއަރީބަޔެއްވެސް ކުރިއަށްގެންދާ ކަމަށެވެ.މިއަހަރު ބޭއްވުނު 16 ވަނަ ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލްކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭއްވި ހަފްލާއެއްގައި އެ އޮތޯރިޓީގ ޗެއަރމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ ކުރިން އެމަސައްކަތް ކުރެވެމުން އައީ ވަރަށް ދަތިކޮށް ކަމަށާއި، ނަމަވެސް ސަރވޭ އޮފިސަރުން ތަމްރީންވެފައި ތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.