ދުނިޔެ

ކިޔުބާގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމެރިކާއިން ބާރުއަޅަނީ


ކިއުބާގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެމެރިކާ ސަރުކާރުން އަބަދުވެސް ބާރުއަޅާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ. ކިއުބާގެ ހަވާނާއަށް ވަޑައިގަތުމުގެ ކުރިން އެމެރިކާގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ޖޯން ކެރީ ވިދާޅުވީ އެމެރިކާއާ ކިއުބާއާ ދެމެދު އަލުން ޤާއިމު ކުރެވުނު ޚާރިޖީ ގުޅުމާ ގުޅިގެން ކިއުބާއަށް އިތުރަށް ތަރައްޤީ ލިބިގެންދިއުން އެދޭކަމަށާއި، އެކަމަށް އެމެރިކާއިންވެސް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.ކިއުބާއާ އެމެރިކާއާ ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާތާ 50 އަހަރަށްވުރެ ގިނަދުވަސްވެފައި ވަނިކޮށް ޚާރިޖީ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެކަމުގެ ސަބަބުން ލިބޭއަސްލު ފައިދާތައް ފެންނަން ދުވަސް ނަގާނެކަމަށް ކެރީ ވިދާޅުވިއެވެ. ކިއުބާގައި ޤާއިމުކުރާ އެމެރިކާގެ އެމްބަސީގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ކެރީ ކިއުބާއަށް ވަޑައިގަންނަވާނެއެވެ. ކެރީގެ މިދަތުރުފުޅުގައި ކިއުބާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކިއުބާ އަދި އެމެރިކާއިން ޚާރިޖީ ގުޅުން އަލުން ޤާއިމު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.