ވިޔަފާރި

އެއްވެސް އުސޫލެއް ނެތި ޓެކްސް ބޮޑެއް ނުކުރާނަން- ނައިބު ރައީސް


އެއްވެސް އުސޫލެއްނެތި
ދައުލަތަށް ދައްކަންޖެހޭ ޓެކްސް މިސަރުކާރުން ބޮޑުނުކުރާނެކަމުގެ ޔަގީންކަން
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހްމަދު އަދީބުދެއްވައިފިއެވެ. 

އެމަނިކުފާނު
މިޔަގީންކަން ދެއްވީ ދައުލަތުގެ ޓެކްސް އެޖެންސީ މީރާގެ ފަސްވަނަ އަހަރީ ދުވަސް
ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުންނެވެ.

ނާއިބު ރައިސް އަޙްމަދުއަދީބް ވިދާޅުވީ، މި ސަރުކާރުން އިރުއިރުކޮޅާ
ސިޔާސަތު ބަދަލުނުކުރާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރާނީ ރަނގަޅު
އުސޫލުތަކާއި ހަރުދަނާ ސިޔާސަތުގެ ދަށުންކަމަށެވެ. މި ސަރުކާރުން ދެކޭގޮތުގައި
ޓެކްސްގެ އާމްދަނީ ޚަރަދުކުރާޖެހޭނީ ގައުމުގެ އުމްރާނީ ތަރައްގީއަށް ކަމަށާއި،
އެހެންކަމުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް
ދެއްވާކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ގައުމު ބިނާކުރުމަށް ހެޔޮ ގޮތުގައި ބޭނުންކުރަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން އިންފްރާސްޓަރަކްޗަރ ޤާއިމުކުރުން އިތުރުކުރަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.



ނާއިބު ރައީސްގެ ޥާހަކަފުޅުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚްރަކީ އިގްތިސާދީ
ގޮތުން ހިންގުންތެރި އެ ސިޔާސަތުތައް ތަންފީޒު ކުރާ ބޭފުޅެއްގެ ދަށުން މަސައްކަތް
ކުރަން ކަމަށް ވިދާލުވިއެވެ.