ކުޅިވަރު

މިނިވަން 50 ބައިބަލާ މުބާރާތް މާދަމާރޭ


ތިރީސް ފަސް ޓީމާކު މިނިވަން ފަންސާސް ބައިބަލާ މުބާރާތް މާދަމާރޭ ފަށަން ނިންމައިފިއެވެ. ކުރިން މިރޭ ފަށަން އޮތް މުބާރާތް މާދަމާރެއަށް ފަސްކުރީ ޓީވީމޯލްޑިވްސްއަށް މިރޭ ވަގުތު ދެވެން ނެތުމުން، ޕަބްލިކް ސަރވިސް މީޑިއާގެ އެދުމުގެ މަތީންކަމަށް ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުލަބް ގުރީން
ސްޓްރީޓްއާއި ކުލަބް ވޯންޓަޑްއެވެ. މުބާރާތުގެ ދެވަނަ މެޗްގައި ވާދަކުރާނީ މަސްއޮޑި
ސްޕޯޓްސް ކުލަބްއާއި ކުލަބް ޒެފްރޯލެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ލޮރެންޒޯ
ސްޕޯޓްސް ކުލަބާއި ލޮރެންޒޯ ހައިޑްއެވެ. މިމުބާރާތުގެ ހަތަރުވަނަ މެޗްގައި
ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ޒެފްރޯލް ގޯޅިއެވެ. 

ނޮކްއައުޓް އުޞޫލުން ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޤަވާއިދަށްވެސް ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ފާހަގަކުރެވޭ ކަމަކަށް ޤަވާއިދަށް އިތުރުކޮށްފައިވަނީ ކޮންމެ މެޗެއްގައިވެސް ކޮންމެ ޓީމަކަށް ދެ ރީޕްލޭ ބެލޭގޮތަށް އިތުރުކުރި ކުރުމެވެ. 

މުބާރާތް ހައެއް ނުވަތަ ހަތް ރޭ ވަންދެން ކުރިއަށްދާނެކަމަށް ބަިއބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ. މުބާރާތުގެ މެޗުތައް ފަށާނީ ކޮންމެ ރެއަކުވެސް 20:30 ގައެވެ.