ވިޔަފާރި

ހޮޓެލް ޖެންގެ ރޯދަ ޕްރޮމޯޝަންގެ އިނާމު ހަވާލުކޮށްފި


ހޮޓެލްޖެންއިން ރޯދަމަހު ކުރިއަށް ގެންދިޔަ ރަމަޟާން އިފްތާރު ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި. 

މިދިޔަ ރޯދަމަހު ހޮޓެލް ޖެންއިން ކުރިއަށް ގެންދިޔަ މިޕްރޮމޯޝަނުގައި ބައިވެރިވި މީހުންގެ މެދުގައި ނެގުނު ގުރުއަތުން އެއްވަނައަށް ހޮވިފައި ވަނީ ސާރަ ވިސާމް ހެންވޭރު ވައިޖެހޭގެއެވެ. އޭނާއަށް އެއްވަނަ އިނާމެއްގެ ގޮތުން ޗައިނާގެ ބެއިޖިންގއަށް
ބިޒިނަސްކުލާހުގެ ދެކޮޅު ޓިކެޓާއި އެތަނުގައި ހުންނަ ހޮޓެލް ޖެންގައި ތިން ދުވަހު ހުރުމުގެ ފުރުސަތު ލިބިފައެވެ.



ލަކީ
ޑްރޯއިން ދެވަނައަށް ހޮވިފައިވަނީ އަބުދުﷲ ޝަބީން ގ ހޭޅި. ދެވަނަ އަށް ދިޔަ ފަރާތަށް ކަނޑައަޅާފައިވާ އިނާމަކީ މެގަ މޯލްޑިވްސް އިން ހޮންކޮންގ އަށް ދިއުމުގެ
ފުރުސަތާއި، ހޮޓެލް ޖެން ހޮންކޮންގ ގައި
ތިންދުވަހު ހޭދަ ކުރުމުގެ ފުރުސަތެވެ. ތިންވަނައަށް ދިޔަފަރާތަށް ކަނޑަ އެޅިފައިވާ
އިނާމަކީ މާލޭގައި ހުންނަ ހޮޓެލް ޖެންގެ އެގްޒެކެޓިވް ރޫމެއްގައި ދެ މީހަކަށް
ތިންދުވަހު ހޭދަ ކުރުމުގެ ފުރުސަތެވެ. މި ލަކީ ޑްރޯއިން ތިންވަނައަށް ގޮސްފައިވަނީ
މުހައްމަދު މަމްދޫހްއެވެ.