ޚަބަރު

އިންޑިޔާ ސަފީރު ޑެންމާރކަށް ބަދަލުކޮށްފި!


އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ ޑެންމާކްގެ ސަފީރަކަށް އައްޔަން ކުރައްވައިފިއެވެ.މިކަން އިއްލާންކޮށް އިންޑިޔާގެ ޚާރިޖިއްޔާގެ ރަސްމީ ވެބްސައިޓްގައި އިއްލާންކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ސަހާރޭ ޑެންމާކަށް ބަދަލު ކުރި ކަމުގައި ވީ ނަމަވެސް ރާއްޖެއަށް އާ ސަފީރަކު އަދި އައްޔަން ނުކުރާ ކަމަށެވެ. ސަހާރޭގެ ސަފީރު ކަމުގެ ދައުރު ހަމަނުވަނީސް އެހެން ޤައުމަކަށް ބަދަލު ކުރި ނަމަވެސް އޭގެ ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ. އަދި ޑޭންމާކަށް ދަތުރު ކުރައްވާނޭ ތާރީޚެއް ވެސް އިއްލާންކޮށްފައެއް ނުވެއެވެ.ރާއްޖޭގައި ހުންނަވާ  އިންޑިއާގެ ސަފީރުކަމުގެ މަގާމާ ޝަހާރޭ ހަވާލުވެވަޑައިގަތީ ދެހާސް ތޭރަ ވަނަ އަހަރުއެވެ.