ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވީ އެންމެ 2 މީހުން


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 2 ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1903އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށްބަލާއިރު ރޭގެ 00:00 އިން މިރޭގެ 6:00އާއި ހަމައަށްވަނީ 2 މީހަކު ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 2 މީހުންނަކީވެސް ދިވެހި ދެމީހުންނެވެ.

ރާޢްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 1066 މީހުންނެވެ. މީގެ ތެރެއިން 16 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މިމަހުގެ ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވަނީ ވަރަށްބޮޑުތަނުން މަދުވެފަ.އެވެ. ކޮންމެ ދުވަހަކުވެސް ގިނަ ސާމްޕަލަތައް ނަގައި ނަތީޖާ ހާމަކުރަމުންދާއިރު ގިނަ މީހުންވަޏީ ކޯވިޑް-19އަށް ނެގެޓިވްވެފައެވެ.

ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 130 މީހުން

މިމަހުގެ މިހާތަނަށް ޕޮޒިޓީވްވި މީހުންގެ ޢަދަދުތައް

  • 56 މީހުން ( 1 ޖޫން 2020 )
  • 12 މީހުން ( 2 ޖޫން 2020 )
  • 9 މީހުން ( 3 ޖޫން 2020 )
  • 22 މީހުން ( 4 ޖޫން 2020 )
  • 11 މީހުން ( 5 ޖޫންް 2020 )
  • 18 މީހުން (6 ޖޫން 2020)
  • 2 މީހުން (7 ޖޫން 2020)

މާލެއިން މި ބަލީގެ މީހަކު ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު 179 މީހަކަށް މި ބަލި ޖެހިފައިވާކަން ރިޕޯޓްތަކުން ދައްކައެވެ. އޭގެފަހުން މި ބަލީގައި ކޮންމެ ދުވަހަކުވެސް ފެންނަ މީހުންގެ އަދަދު އެވްރެޖްކޮށް އުޅެނީ 20 އިން މަތީގައެވެ.