މޮނީޓަރިންގެ ހާލަތަށް ގެންގޮސް މުއްދަތު ހަމަވި ފަހުންވެސް ނޯޓިސް ނައްޓާނުލާ ހުރި ތަންތަނުން އެކަން ރިޕޯޓްކޮށްދިނުމަށް ނޭޝަނަލް އެމަރޖެންސީ އޮޕރޭޝަން ސެންޓަރުން އެދިވަޑައިގެންފިއެވެ.
ކޯވިޑް ބަލީގެ ޕޮޒިޓިވް މީހެއް ނުވަތަ އޭނާއި ކޮންޓެކްޓްވި މީހަކު ދިރިއުޅޭ ތަންތަނުން ސާމްޕަލްތައް ނެގުމަށްފަހު އެތަން ތަން މޮނީޓަރިންގެ ހާލަތަށް އަންނަނީ ބަދަލުކުރަމުންނެވެ. މި ގޮތުން އެ އިމާރާތެއް ނުވަތަ ގެއެއްގައި ފުލުހުން ގޮސް ނޯޓިސް ހިއްޕައެވެ. އަދި މި ނޯޓިސްއާއި އެކު އެގެއިން ވަދެ ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރެއެވެ.
އެންއީއޯސީގެ ތަރުޖާމާން މަބްރޫކް އަޒީޒް ވިދާޅުވީ މޮނީޓަރިންނަށް ވަރަށް ގިނަ ތަންތަން ގެންގޮސްފައިވާއިރު ގިނަ ތަންތަން މޮނީޓަރިންގެ ހާލަތުން މިހާރު ދޫކޮށްލާފައިވާކަމަށެވެ. އެހެންނަމަވެސް މުއްދަތު ހަމަވުމަށްފަހުވެސް ބައެއް ތަންތަނުގައި ހަރުކޮށްފައިވާ ނޯޓިސް ނައްޓާނުލާ ހުރިކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މި ޝަކުވާތަކާއި ގުޅިގެން އެޗްޕީއޭއިން މިހާރު އަމަލުކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން މުއްދަތު ހަމަވާ ތަންތަން މޮނީޓަރިންގެ ލިސްޓުން ނަގާ އެ ގެއެއްގެ ވެރިފަރާތާއި ގުޅާ ނޯޓިސް ނައްޓާލަން އަންގަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.
" މިކަން މިގޮތަށް ކުރަމުންދާތީ އެއްވެސް ބޭފުޅެއްގެ ގޭގައި މުއްދަތު ހުންނަޖެހޭ ދުވަހަށް ވުރެ އިތުރަށް ނޯޓިސް ނައްޓާނުލާ ހުރި ނަމަ ނުވަތަ ނުބައި ގެއެއްގައި ހަރުކުރަންޖެހޭ ގެ ނޫން އެހެން ގެއެއްގައި އެހެން އެޕާޓްމެންޓެއްގައި ނޯޓިސް ހަރުކުރެވިފައިވާނަމަ 1676 ގުޅާ އެގޭ އައިޑީއާރު ނަމްބަރު 5 . މޮނީޓަރިންގެ ހާލަތާއި ގުޅިގެން ފިތަން ޖެހޭނީ 5ކަށް ރިޕޯޓްކުރެއްވުމުން ވީހާވެސް އަވަހަކަށް އެގެއެއްގެ ހާލަތު ބަލާ ނޯޓިސް ނައްޓަންޖެހޭ ގެއެއްކަން ކަށަވަރުކޮށް ނޯޓިސް ނައްޓަންޖެހޭ ނަމަ އެ ގެއެއްގެ ވެރިފަރާތައް އަންގަމުންދާނެ." ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
މިހާތަނަށް މޮނީޓަރިންނަށް ހާލަތަށް ގެންދާ ގެތަކުގެ ނޯޓިހުގެ މުއްދަތު ހަމަވުމުން އެ ނޯޓިސް ނައްޓަނީ ފުލުހުންނެވެ. އެހެންނަމަވެސް މި ގޮތަށް ހުރި ބައެއް ގެތަކުން ނޯޓިސް ނައްޓާނުލާ ހުރުމުން އެކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން އައީ ކުރަމުންނެވެ.
ކޯވިޑް 19 މާލެ ސަރަހައްދުން ފެނުމުން މޮނީޓަރިންގެ ހާލަތުގައި މިވަގުތުވެސް 400 ވުރެ ގެ އިމާރާތް އެބަހުއްޓެވެ.