ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި އިތުރު 46 މީހަކު ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު 46 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. އެޗްޕީއޭއިން އާންމުކުރެއްވި ތަފާސްހިސާބަށް ބަލާއިރު ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 763 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ އިންސައްތަ މިހާރު ވަނީ 34 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި މިހާރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ 8 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާލެ ސަރަހައްދު އޭޕްރީލް 15 ގައި ފުރަބަންދު ކުރުމަށް ފަހު، މެއި 29 ވަނަ ދުވަހުގެ ފަހުން ވަނީ ފުރަބަންދަށް ލުއި ދީފައެވެ. އަދި ޖޫން 11 އާއި ހަމައަށް އަންނައިރު، ހާލަތު ރަނގަޅު ނަމަ އިތުރު ލުއިތައްވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.